[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔަރަތު ފިލާވަޅު 6

ޤުރައިޝުން ގެފުޅު އަލުން ބިނާކުރުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުމުރުފުޅުން 35 އަހަރުފުޅުގައި ޤުރައިޝުން ގެފުޅު އަލުން ބިނާކުރިއެވެ. މައްކާގެ ޙަރަމަށް ބޮޑު ސައިލެއް އަރައި ގެފުޅުގެ ފާރުތައް ބަލިކަށިވެ ވެއްޓެއް ކައިރިވެފައިވުމުން ޤުރައިޝުން އަލުން ގެފުޅު ބިނާކުރަން ނިންމީއެވެ. އެމީހުންގެ މެދުގައި ގެފުޅަށް ދެވިފައިވާ ޤަދަރެއްގެ ބޮޑުކަމުންނެވެ. އަދި ގެފުޅު ބިނާކުރުމަށްޓަކައި ޙަލާލް ގޮތުގައި ހޯދާފައިވާ މުދާ ފިޔަވައި އެހެން އެއްޗެއް ބޭނުން ނުކުރުމަށް އެމީހުން ނިންމިއެވެ. އެހެންކަމުން ހަށިވިއްކައިގެން ހޯދާފައިވާ ފައިސާއާއި ރިބާގެ […]

ޚަޟިރުގެފާނުގެ ވާހަކަ

އިމާމް މުސްލިމާއި އިމާމުލް ބުޚާރީ ރަޙިމަހުމަﷲ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޢުބައްޔު ބުން ކަޢުބު ރަޞިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. އެއްދުވަހެއްގައި މޫސާ ޢަލައިހިއްސަލާމް ، ބަނީ އިސްރާއީލުންގެ ތެރޭގައި ޚުޠުބާއެއް ދިނުމަށް ތެދުވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނާއި އެބައިމީހުން ސުވާލުކުރިއެވެ. މީސްތަކުންގެ ތެރެއިން އެންމެ ޢިލްމުވެރި މީހަކީ ކާކުތޯއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނެވެ. އެހެންނަމަވެސް ﷲ ތަޢާލާ އެކަލޭގެފާނަށް އެންގެވިއެވެ. އެހެނަކުންނޫނެވެ. ތިމަން އިލާހުގެ އަޅުތަކުންގެ ތެރެއިން ކަލޭގެފާނަށް ވުރެ ޢިލްމުވެރި އަޅަކު ދެ […]

މުނާފިޤުންގެ ސިފަތައް – ދަލާއިލުއްތައުޙީދި 21

32- ނިފާޤުގެ ވައްތަރުތަކަކީ ކޮބާ؟ އަދި އޭގެ މާނައަކީ ކޮބާ؟ ޖަވާބު: ނިފާޤު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އިޢުތިޤާދުގެ ނިފާޤާއި ޢަމަލުގެ ނިފާޤެވެ.  އިޢުތިޤާދުގެ ނިފާޤަކީ ހިތުން އިސްލާމްނުވެ ދުލުން ތިމަންނަމެންނަކީ މުސްލިމުންނޭ ބުނެއުޅުމެވެ. އިޢުތިޤާދުގެ ނިފާޤުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިބައިމީހުން ތިބޭނެ ތަނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުކަމުގައި ހަމަޖައްސަވާފައެވެ.  ޢަމަލުގެ ނިފާޤުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ […]

مادة التوحيد ١ (7 ވަނަ ފިލާވަޅު)

އަހަރެން  އަޅުކަން ކުރަނީ  ހަމައެކަނި ﷲ އަށް.  އެއީ އަހަރެންގެ  ރައްބު. الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين މި ފިލާވަޅުގައިވަނީ އަހަރެމެން އަޅުކަންކުރާ ރައްބަކި ކޮބާކަމެވެ. ************************************************** 7 ވަނަ ފިލާވަޅު ޑައުންލޯޑު ކުރައްވާ: ލިންކު مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ