[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުތަކުންނަށްވާ ﷲގެ ލޯބިވެ ވޮޑިގަތުން…

އަލްއިމާމް މުސްލިމް އެކަލޭގެފާނުގެ ޙަދީޘްފޮތް (ޞަޙީޙް މުސްލިމް) ގައި އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން ކުރެ އަޅެއްދެކެ ލޯބިވެ ވޮޑިގެންފިނަމަ ޖިބްރީލް ޢަލައިހިއްސަލާމް ގެންނަވައި ވަޙީ ކުރައްވައެވެ. “ހަމަކަށަވަރުންވެސް ތިމަން ﷲ މިވެނި މީހެއްދެކެ ލޯބިވެ ވޮޑިގެންފީމެވެ. ކަލޭގެފާނުވެސް އެމީހަކުދެކެ ލޯބިވާ ހުށިކަމެވެ.” ދެންފަހެ ޖިބްރީލްގެފާނުވެސް އެމީހާދެކެ ލޯބިވެ ވަޑައިގަންނަވައެވެ. އަދި އެއަށްފަހު އުޑުތަކުގެ އަހުވެރިންނަށް (މަލާއިކަތުންނަށް) އެކަލޭގެފާނު ނިދާ އިއްވަވައެވެ. […]

އިންސާނާގެ ޢަދާވާތްތެރިޔާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. އިންސާނާގެ އެންމެ ބޮޑު ޢަދުއްވަކީ ޝައިޠާނާއެވެ. ﷲ ތަޢާލާ އާދަމް عليه السلام ޚަލްޤުކުރައްވާ، އެކަލޭގެފާނަށް ސަޖިދަކުރަން މަލާއިކަތުންނަށް އެންގެވުމުން، ޝައިޠާނާވަނީ ބޮޑާވެގަނެ އެކަމާ އިންކާރުކޮށްފައެވެ. އަދި ﷲ ތަޢާލާ ޚަލްޤުކުރެއްވި އެންމެ ފުރަތަމަ އިންސާނާއިން ފެށިގެން ޤިޔާމަތާ ހަމައަށް އުފަންވާނޭ ކޮންމެ މީހަކަށްމެ ވަސްވާސްދީ މަގުފުރައްދާނެކަމަށް އޭނާވަނީ ބުނެފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ […]

ދަޢުވަތު ސިލްސިލާ: 03 (އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު)

މިލީފްލެޓަކީ، އިސްލާމްދީނުގައި މައިންބަފައިނަށް ދެވިފައިވާ ޤަދަރު އަންގައިދީ، އެދެމީހުންނާމެދު އަޅުގަނޑުމެންގެ މައްޗަށްވާ ޙައްޤުތައް ދެނެގަނެ، އެދެމީހުންނަށް ހެޔޮކޮށްހިތުމަށް ނަޞޭޙަތްތެރިވުމުގެ ގޮތުން އެކުލަވާލެވިފައިވާ ލީފްލެޓެކެވެ.

އާދަމުގެ ދަރީންގެ ޙަޔާތް ސީދާމަގުން ނެއްޓުން

ﷲ ތަޢާލާ ޚަލްޤުތަކުން ހެއްދެވީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. އަދި އެކަންތައްތަކަށް އެހީ ވެވޭނެގޮތުން، އަޅުކަންކުރުމަށް ފަސޭހަވާނޭގޮތުން، އެބައިމީހުންނަށް އެކަލާނގެ ރިޒުޤު ތައްޔާރުކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ” وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ * مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ * إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ” (އައްޛާރިޔާތު 56-58) މާނައީ: ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެބައިމީހުން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރުމަށްޓަކައެވެ. […]