[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 8

ފާފައެއް ކުރެވުމުން އަހަރެން ކަންތައްކުރަންޖެހޭނީ ކިހިނެތް؟ ތިބާ ބުނެފާނެއެވެ. “އަހަންނަށް ފާފައެއް ކުރެވުމުން ވަޤުތުން ތައުބާވާނީ ކިހިނެތް ހެއްޔެވެ؟ އަދި ފާފާކުރެވުމުން ލަސްނުކޮށް އަހަރެން ކުރަންޖެހޭ ކަމެއް ވޭހެއްޔެވެ؟” ފަހެ ޖަވާބަކީ: ފާފައެއްކުރެވުމަށްފަހު ކުރުން އެކަށީގެންވާ ދެކަމެއްވެއެވެ: ފުރަތަމަ ކަމަކީ: ހިތުގެ ޢަމަލެކެވެ. އެއީ އެކަމާ ދެރަވެ ހިތާމަކޮށް އެކަން ތަކުރާރު ނުކުރުމަށް ހިތުގައި އަޒުމްކަނޑައެޅުމެވެ. މިކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ނަތީޖާއެއްގެ ގޮތުން މެދުވެރިވާކަމެކެވެ. ދެވަނަ ކަމަކީ: ގުނަވަންތަކުގެ ޢަމަލެކެވެ. އެއީ ތަފާތު ހެޔޮކަންތައްތައް ކުރުމެވެ. […]

ފާފަފުއްސެވުމަށް އެދި ދެންނެވުން

ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ފާފަތައް ފޮހެވި ސުވަރުގެއަށް ވަދެވުމުގެ ސަބަބެކެވެ. އަދި މުޞީބާތްތައް އެއްކިބާވުމާއި މުދަލާއި ދަރިން އިތުރުވުމުގެ ސަބަބެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.