[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރުހަނދާންކުރުމާއި ޤަބުރުސްތާނުތަކަށް ޒިޔާރާތްކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ކޮންމެ ރެއަކާއިދުވާލު ތަކުރާރުކޮށް މަރު ހަނދާންކޮށް، އެކަން ހިތްމައްޗަށް ގެނެއުމަކީ ބުއްދިވެރިންގެ މައްޗަށްވާ ކަމެކެވެ. އެއީ އޭނާގެ އެދުންތައް ފޫއަޅުވާލުމަށެވެ. އެހެނީ ގިނައިން މަރު ހަނދާންކުރުމުގައި ނުބައިކަމުން ރައްކާތެރިކަންވެއެވެ. އަދި ﷲގެ އިޛުނަފުޅާއިއެކު އެކަމުގައި ކެތްތެރިކަމުން މާޔޫސްވުމުން އަމާންކަންވެއެވެ. އަދި އެހެންމީހުންގެ މަރުވިގޮތަށް ބެލުމުން ތިބާގެ މަރުވުން ފެންނާނެއެވެ. ރޭގަނޑާއިދުވާލުގެ ވަޤުތުތަކުގައިވެސް ޤަބުރުސްތާނުތަކަށް ނަބިއްޔާ صلى الله عليه وسلم ގިނައިން […]

ބަލިވުމުން

ބައްޔެއް ނުވަތަ މުޞީބާތެއް ޖެހުމުން އެންމެ މުހިއްމުކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޔާފުޅަށް ރުހުމެވެ. އެއިލާހުގެ ޤަޟާ ޤަދަރަށް ރުހި އީމާންވުމެވެ. އަދި ކެތްތެރިވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމާ އިމްތިޙާންކުރައްވަނީ ކަން ދެނެގަތުމެވެ. ތިބާއަކީ ކެތްތެރިންގެ ތެރެއިން ވާ މީހެއްތޯ އެއިލާހު ތިބާ އިމްތިޙާންކުރައްވަނީކަން ދެނެގަނެ، ކެތްތެރިކަމާއި އީމާންކަމުގެ މަތީގައި ތިބާ ޘާބިތުވެ ތިބާއަކީ ކެތްތެރީންގެ ތެރެއިން ވާ މީހެއްކަން ތިބާ ސާބިތުކޮށްދިނުމެވެ. އިޢުތިޤާދުންނާއި ބަހާއި ޢަމަލުންވެސް މެއެވެ. އެއިލާހުގެ ޤަޞާއަށް ނުރެހެވޭނަމަ ތިބާގެ އީމާންކަމުގެ […]