[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔަރަތު ފިލާވަޅު 15

މުސްލިމުން ޝިޢުބު އަބީ ޠާލިބުގައި: ޙަބުޝްކަރައިގެ ޢަދުލުވެރި ރަސްގެފާނު ނަޖާޝީ މުސްލިމުންނާމެދު ކަންތައްކުރެވި ގޮތުގެ ހަޔޮފުޅުކަމުން މައްކާގެ މުޝްރިކުން އެކަމާ ކަންބޮޑުވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށާއި އީމާންވީ މީހުންނަށް އެބައިމީހުންގެ ހިތްތަކުގައި އުފެދިފައިވަ ރުޅިވެރިކަން އިތުރަށް ގަދަވެގެން ދިޔައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤަތުލުކުރުމަށް ޤުރައިޝުން އެއްބަސްވިއެވެ. މިކަމާހެދި ޢަބްދުލް މުއްޠަލިބުގެ ދަރިން އެކަލޭގެފާނުގެ ޙިމާޔަތުގައި އެކަލޭގެފާނު ޝިޢުބަށް ލުމަށް ނިންމިއެވެ. ޝިޢުބަކީ މައްކާގައިވާ، އަބޫ ޠާލިބަށް ނިސްބަތްވާ ސަރަހައްދެކެވެ. […]