[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 23 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

ﷲތަޢާލާގެ ރަޙުމަތުން، މިފިލާވަޅާއެކު ނިމިގެން މިދިޔައީ، ކިތާބުއްތަވްޙީދުގެ މުޤައްދިމާއެއްގެ ގޮތުގައި، އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބް ރަޙިމަހުﷲ ބަޔާންކުރައްވާފައިވާ ބާބުގެ ޝަރަޙައެވެ. ދުޢާއަކީ މިފިލާވަޅުތަކަކީ، އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް މަންފާކުރާނޭ ފިލާވަޅުތަކެއް ކަމުގައި ލެއްވުމެވެ.

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 6

މީހެއްގެ ކިބައިގައި ޢިލްމު ހުރެފައި އެޢިލްމާ އެއްގޮތަށް އޭނާ ޢަމަލު ނުކުރާކަމުގައި ވާނަމަ އޭނައަކީ އެމީހަކަށް ﷲ ކޯފާލައްވާފައިވާ މީހުންގެ ތެރެއިންވާ މީހެކެއެވެ. އެއީ އެޢިލްމުގެ މަޤްސަދު އޭނާ ފުރިހަމަ ނުކުރިކަމަށްޓަކައެވެ. އަދި ޢިލްމާއި ނުލައި މީހަކު ކިތަންމެ އަޅުވެރިވީކަމުގައި ވީނަމަވެސް އޭނާއަކީ މަގުފުރެދިފައިވާ މީހެކެއެވެ. އަދި އޭނާވަނީ ﷲ ގެ ސީދާވެގެންވާ ތެދުމަގުން އެއްކިބާވެގެންނެވެ.