[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން

ހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި ޢިރާޤަށް ވެރިވެގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ހުންނެވި […]

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 20 “ތިންވަނަ ބަހުޘް”

އަދި [ރަސޫލުﷲ صلى الله عليه وسلم ގެ] ސުންނަތުން ހުރި ދަލީލުތަކާމެދު ދަންނައެވެ! ފަހެ އެއީ ނުހަނު ބައިވަރެވެ. އޭގެތެރެއިން ބައެއް ކުރުގޮތަކަށް ޛިކުރުކޮށްލާނަމެވެ: 1. ރަސްރަސްކަލުންގެ އަރިހަށް [ދަޢުވަތާއިގެން] އެއްބޭކަލަކަށް ފަހު އަނެއް ބޭކަލެއް، ރަސޫލުﷲ صلى الله عليه وسلم ފޮނުއްވައި އުޅުއްވިއެވެ. އަދި ހަމައެފަދައިން ރަށްތަކުގެ ވެރިންނަށް އެކަލޭގެފާނު ކަނޑައެޅުއްވި ބޭކަލުންވެސް މެއެވެ. ފަހެ ޢަމަލީ އަދި އިޢުތިޤާދީ އެންމެހާ ޙުކުމްތަކާއިގެން އެބޭކަލުންގެ ގާތަށް އެބައިމީހުން ރުޖޫޢަވެއެވެ. ފަހެ ނަޖްރާންގެ އަހުލުވެރިންގެ […]