[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތައް- ނޫ، ރަތް، ފިޔާތޮށި އަދި ކަޅުފެހިކުލަ

5- ނޫކުލަ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން ފަސްވަނަކުލައަކީ ނޫކުލައެވެ. ނޫކުލައިގެ ވާހަކަ އައިސްފައިވަނީ އެންމެ ފަހަރަކު ހަމަ އެންމެ އާޔަތެއްގައެވެ. މިކުލައިންވެސް ދަލާލަތުކުރާ ކަންތައްތަކެއް ވެއެވެ. މަޙްޝަރު ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން އެދުވަހުގައި ކާފިރުންގެ މޫނުގެ ކުލަ (ބިރުވެރިކަން) ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَوْمَ يُنفَخُ فِي الصُّورِ وَنَحْشُرُ الْمُجْرِمِينَ يَوْمَئِذٍ زُرْقاً – طه102 “ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ ޙާލު، މަޙްޝަރަށް […]

ނަމާދުގެ ޤަދަރު މަތިވެރިކުރުން 9

ﷲ ތަޢާލާ އިންސާނުން ޚަލްޤުކުރެއްވުމުގެ މަޤްޞަދަކީ އެއިލާހަށް އަޅުކަންކުރުމެވެ. އިންސާނުން ފިޔަވައި އެހެނިހެން މަޚްލޫގާތުތައް އެއިލާހު ހައްދަވާފައިވަނީ އެއިންސާނާގެ ރާޙަތަށްޓަކައެވެ. އަދި އިންސާނާއާ އޭނާގެ ވެރި ރައްބަށް ދަންނަވައި ގުޅުވައިދޭ ވަޞީލަތަކީ ނަމާދުކަމުގައި ލައްވާފައިވެއެވެ. ކޮންމެ ނަމާދެއްގެ ދެމެދު އަޅާއަށް ޝައިޠާނާގެ ފަރާތުން ކުރިމަތިވާ ހެއްލުންތެރިކަމުގެ ވަސްވާސްތަކުގެ ސަބަބުން ޣާފިލުވެ އަރައިގަނެވޭ ފާފަތަށް ގިނަގުނައެވެ. އޭގެ ސަބަބުން އަޅާއާ ރައްބާ ދުރުވެގެންދެއެވެ. އަދި އިލާހީ މަދަދު މެދުކެނޑިގެންދެއެވެ. އަދި ﷲ އަށް އަދާކުރަންޖެހޭ އަޅުވަންތަކަމާއި ބީރަށްޓެހިވެގެންދެއެވެ. އަދި […]