[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބިލީސް އެންމެ ފުރަތަމަ ދިން ލަނޑު

الحمد لله  رب العالمين. الصلاة و السلام على نبينا محمد و آله و صحبه أجمعين. وبعد. އިބިލީސް އެންމެ ފުރަތަމަ އިންސާނިއްޔަތަށް ދިން ނުބައިވެގެންވާ ލަނޑަކީ އަހަރެމެންގެ ބަފައިކަލުންނާއި އަދި މައިކަނބަލުން ސުވަރުގެ ވެންނެވުމުން ފާފަތައް ޒީނަތްތެރިކޮށްދީ އެދެކަނބަލުން ހައްލުވައިލުމެވެ. އަދި އެފާފައަށް އަރައިގަތުމަށް ހިތްވަރުދީ އެފާފައަށް އަރައިގަތަދިނުމެވެ. އަދި އެދެކަނބަލުންގެ ފޮރުވިފައިިވާ ޢައުރަ ކަޝްފުކުރުމެވެ. އަދި އެޔަށްފަހު މަތިވެރިވެގެންވާ ސުވަރުގެއިން ބޭރުކޮށްލުމެވެ. މިކަން ބަޔާންކުރައްވާ ﷲ ޢައްޒަ ވަޖައްލަ އެއިލާހުގެ […]

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ތެދުވެރި ލޯބިވާނަމަ

އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ތެދުވެރި ލޯބިވާނަމަ އެކަލޭގެފާނަށް ނަޞްރުދޭނެއެވެ. އަދި އެކަލޭގެފާނަށް ޤަދަރުކޮށް އިޙްތިރާމުކުރާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّا أَرْسَلْنَاكَ شَاهِداً وَمُبَشِّراً وَنَذِيراً (8) لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ(9)﴾ [ الفتح:8-9] މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވައި، (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. އެއީ ތިޔަބައިމީހުން ﷲއަށާއި، އެއިލާހުގެ ރަސޫލާއަށް އީމާންވުމަށްޓަކައެވެ. އަދި އެކަލޭގެފާނަށް ނަޞްރުވެރިވުމަށާއި […]