[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 42 “ޖަމަލު ހަނގުރާމަ.”

ނ. ޖަމަލު ހަނގުރާމަ: ޢުޘްމާނު رضي الله عنه ޝަހީދު ކޮށްލެއްވުމަށްފަހު ހިނގި ފިތުނަތަކުގެ ތެރޭގައި، ޢަލީގެފާނާއި ޢާއިޝަތުގެފާނާއި ޠޮލްޙާގެފާނާއި އަދި ޒުބައިރުގެފާނު -رضي الله عنهم- ގެ މެދުގައި ހިނގި މަޝްހޫރު ޖަމަލު ހަނގުރާމަ ހިމެނެއެވެ. ފަހެ ޢުޘްމާނުގެފާނު ޝަހީދު ކޮށްލެވުމާއެކު މީސްތަކުން ޢަލީގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ މަދީނާގައެވެ. އެބޭކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. ތިމަންމެންބޭކަލުން ކަލޭގެފާނަށް ބައިޢަތު ހިއްޕެވުމަށް އަތްޕުޅު ދައްކަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީސްތަކުންނާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ. އޭގެތެރެއިން ބޭކަލުންތަކެއް […]