[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 45 “ޙައްރާ ހަނގުރާމަ.”

ޅ. ޙައްރާ[1] ހަނގުރާމަ: ދެން އެއަށްފަހުވެސް ފުލުފުލުން ފިތުނަތައް ލައިގަންނަމުން ދިއައެވެ. އޭގެތެރޭގައި ޒައިދު ބިން މުޢާވިޔާގެ ވެރިކަމުގައި ހިނގައިދިޔަ މަޝްހޫރު ޙައްރާ ހަނގުރާމަ ހިމެނެއެވެ. އަދި އެކަން ހިނގައިދިއައީ ރަސޫލުﷲ صلى الله عليه وسلم ގެ ރަށުގައެވެ. އެތައް ބައިވަރު އަޞްޙާބުންނެއް އެހަނގުރާމާގައި އަވަހާރަވެގެން ދިއައެވެ. -رضي الله عنهم أجمعين- سَعِيد بن المُسَيب ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ފުރަތަމަ ފިތުނަތައް ފާޅުވެގެން ދިއައެވެ. ފަހެ ބަދުރު ހަނގުރާމާގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް […]