[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޮޅާލެވުނު ޝަހީދު އިމާމު އަބޫބަކުރު އައްނާބުލުސީ

އެކަލޭގެފާނަކީ އިމާމު، މުޙައްދިޘު، ޝަހީދު، ފަޤީހު މުޙައްމަދު ބިން އަޙުމަދު ބިން ސަހްލު އައްރަމްލީއެވެ. އެކަލޭގެފާނުގެ ކުންޔާއަކީ އަބޫބަކުރުއެވެ. އަދި ނިސްބަތްވެ ވަޑައިގަންނަވަނީ ނާބުލުސްއަށެވެ. އެކަލޭގެފާނު މަޝްހޫރު ވެވަޑައިގެންފައިވަނީ އިމާމު އިބުނު އައްނާބުލުސީގެ ނަމުންނެވެ. އެކަލޭގެފާނު ޙަދީޘް އުގެނިވަޑައިގެންނެވި އުސްތާޛުންގެ ތެރޭގައި ސަޢީދު ބިން ހާޝިމް އައްޠަބަރާނީ، މުޙައްމަދު ބިން ޙަސަން އަލްޤުތައިބާ، މުޙައްމަދު ބިން އަޙުމަދު ބިން ޝައިބާން އައްރަމްލީ އަދިވެސް އެނޫން ބޭކަލުން ހިމެނިވަޑައިގަނެއެވެ. އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އިމާމު ދާރުޤުޠުނީ، ތައްމާމު އައްރާޒީ، […]