[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العاديات ގެ ތަފްސީރު – 4

  ﴿وَحُصِّلَ مَا فِي الصُّدُورِ﴾ އެބަހީ ހިތްތަކުގައިވާ ނިޔަތްތަކެވެ. އަދި ވަކީލުކުރުމާއި ހިތްޖެހުމާއި ނުރުހުންވުމާއި ބިރުގަތުމާއި ރައްކާތެރިކަމަށް އެދުމާއި މިބާވަތުގެ އެންމެހާ ހިތުގެ ޢަމަލުތަކެވެ. އަދި ހިތްތަކުގައިވާ ކަންކަމީ ބިންގާ ކަމުގައި، ﷲ ތަޢާލާ މިތާނގައި ލައްވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ: ﴿يَوْمَ تُبْلَى السَّرَائِرُ﴾ ﴿فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ﴾ [سورة الطارق: 9، 10] މާނައީ: “ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިޙާނު ކުރައްވާ ދުވަހެވެ. ފަހެ، އޭނާޔަށް […]

އާޚިރަތުގެ ގޯތި ކާމިޔާބު ކުރަން ކުރެވިދާނެ ކަމެއް.

މުސްލިމަކަށްވުމަކީ ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެއީ އަޅުގަނޑުމެންނަށް ތަޞައްވަރުކުރެވޭ ވަރަށްވުރެވެސް ބޮޑު ކަމެކެވެ.އެކަމަކީ އަޅުގަނޑުމެން އެޔަށްޓަކައި ޝުކުރުކުރަން ޖެހޭ އަދި އެކަމަށްޓަކައި ޙައްޤުތަކެއް އަދާކުރަން ޖެހޭ ކަމެކެވެ. އެހެންނޫންނަމަ އެކަމަށް ރައްކާތެރިނުވެވި އަތުން ދޫވެގެން ބީވެގެން އެކަން ހިނގައިދާނެއެވެ. އެކަމުގެ މަތިވެރިކަމާއި ޢިއްޒަތާއި ޝަރަފުގެއްލިގެން ހިނގައިދާނެއެވެ. އެދީނުގެ މަތިވެރިކަން އެންމެ ހެޔޮގޮތުގައި ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ތެރޭން، މުސްލިމު ނޫންމީހުންނަށް ޚާއްޞަކަންކަމުން ދުރުވެގަތުން ހިމެނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންޒާރުދެއްވާފައިވެއެވެ. ‏”‏ لَتَتْبَعُنَّ […]