[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 2

އުފަންވެ ވަޑައިގަތުން: އިމާމު އަޙްމަދުގެ މަންމަ އެކަލޭގެފާނާއިގެން އާލާސްވެ އިންނެވީ “މަރޫ”[1] ކިޔާ ރަށެއްގައި ހުންނަވަނިކޮންނެވެ. ދެން އެކަމަނާ ބަޣުދާދަށް ވަޑައިގެންނެވިއެވެ. ބަޣުދާދުގައި އެކަމަނާ އެކަލޭގެފާނާއިގެން ރައްކާވެވަޑައިގަތެވެ. އެއީ ހިޖުރައިން ސަތޭކަ ފަސްދޮޅަސް ހަތަރުވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގައެވެ. އެކަލޭގެފާނުގެ ބައްޕައަކީ އަޙްމަދެވެ. އެއީ އޭރުގެ “ސަރުޚަސް”[2] ގެ ގަވަރުނަރެވެ. އެކަލޭގެފާނަކީ އައްބާސީ ދަޢުލަތުގެ ދަރިފަސްކޮޅުގެ ބޭފުޅެކެވެ. އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ތިރީސް އަހަރުގައެވެ. އެއީ ހިޖުރައިން ސަތޭކަ ހަތްދިހަ ނުވަވަނަ އަހަރުގައެވެ.[3] އެކަލޭގެފާނުގެ ޞިފަފުޅު: […]