[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރާއި ދިރުމާއި އޭގެ ޙިކުމަތް 8

މަރާއި ދިރުންލެއްވުމުގެ އެންމެ ބޮޑު ޙިކުމަތަކީ އިމްތިޙާނުކުރުމެވެ. މީސްތަކުން އާޚިރުގައި ބެހިގެންދަނީ ދެ ޖަމާޢަތަކަށެވެ. އެއީ ނަރަކައިގެ ޖަމާޢަތާއި ސުވަރުގޭގެ ޖަމާޢަތެވެ. ﷲ تعالى ގެ ވަހީ ބަސްފުޅުހައިވެއެވެ. فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ ﴿الشورى: ٧﴾ މާނައީ:”އެއްބަޔަކުވަނީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކުވަނީ ނަރަކާގައެވެ.” ސުވަރުގެއާއި ނަރަކައަކީ އެތަނެއްގެ އަހުލުވެރިން އެދެތަނަކަށް އަޅައި ފުރައިލެވޭނެ ދެ ތަނެވެ. ﷲތަޢާލާ އިންސިންނާއި ޖިންނިން ޚަލްޤި ކުރެއްވުމަށްފަހު އެހުރިހާ އިންސިންނާއި ޖިންނިން ސުވަރުގެ ވެއްދުމަށްވެސް އެއިލާހު ތަޢާލާ ކުޅަދުންވަންތައެވެ. […]