[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 6

  ޢާއިޝާ رضي الله عنها އެހެން އިންނަވަނިކޮށް ނަބިއްޔާ صلى الله عليه  وسلم އެކަމަނާގެ ގެކޮޅަށް ވަޑައިގެން ސަލާމް ގޮވާލައްވައި އެކަމަނާގެ ޙާލުކޮޅާމެދު ސުވާލުފުޅުކުރެއްވުމުން އެއަށް ޖަވާބުދާރިވެވަޑައިގެންނެވުމަށްފަހު އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅުގެ އަރިހަށް ވަޑައިގަތުމުގެ އިޒުނަފުޅަށް އިތުރު އެކަލޭގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި އިޒުނަފުޅު ލިބިވަޑައިގަތުމުން އެދެބޭކަލުންގެ އަރިހަށް ވަޑައިގެން މަންމާފުޅުގެ އަރިހުން ސުވާލު ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ: “އޭ މަންމާފުޅާއެވެ! މީސްތަކުން މިކިޔަނީ ކީކޭހެއްޔެވެ؟”. ޖަވާބުގައި މަންމާފުޅު ވިދާޅުވިއެވެ. “އޭ ދަރިފުޅާއެވެ! އެކަމާ […]

ނަރަކަ 43

14.ކެއުން ބުއިމުގައި ރަނާއި އަދި ރިހީގެ ތަށި ބޭނުން ކުރުން އުއްމު ސަލަމާ رضي الله عنها އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((مَنْ شَرِبَ فِي إِنَاءٍ مِنْ ذَهَبٍ، أَوْ فِضَّةٍ، فَإِنَّمَا يُجَرْجِرُ فِي بَطْنِهِ نَارًا مِنْ جَهَنَّمَ))1 މާނައީ: “ރަނުގެ ތަށި ނުވަތަ ރިހީގެ ތަށިން ބޮއިފި މީހާ އޭނަގެ ބަނޑަށް ލާކަން ކަށަވަރީ ނަރަކައިގެ އަލިފާނެވެ.” އަދި ޙުޛައިފާ […]

ނަމާދު ( الصلاة ) – 12

ނަމާދު ވަގުތު ފާއިތުވުމުގެ ސަބަބުން ފަހުން ގިނަ ނަމާދުތަކެއް އެއްކޮށްކުރާ މީހާގެ ބަންގި އާއި ޤަމަތް: ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް ނުވަތަ އެއަށްވުރެ ގިނައިންވެސް ނަމާދުތަކެއް ވަގުތުން ފާއިތުވެއްޖެނަމަ، ހަނދާންވުމުން ނުވަތަ ހޭލެވުމުން، ފާއިތުވެ ދިޔަ ނަމާދުތައް އެއްކޮށް ކުރާއިރު އެއްފަހަރު ބަންގި ގޮވުމަށްފަހު، ފާއިތުވެ ދިޔަ ކޮންމެ ނަމާދަކަށް ވަކިން ޤަމަތްދިނުމަށްފަހު ނަމާދުކުރަމުން ދާނީއެވެ. މިފަދައިން ޢުޒުރަކާލައިގެން ފާއިތުވެ ދިޔަ ނަމާދުތައް ފަހުން އަދާކުރާއިރު ކޮންމެ ނަމާދަކަށް ވަކިން ބަންގި […]

ބަލިމީހާއަށް ޒިޔާރަތްކުރުމުގެ މާތްކަން

 ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! މިއަދު އަޅުގަނޑުމެން ދިރިއުޅެމުންދާ މުޖުތަމަޢަށް ކަޅިއެއް އެއްލާ ބަލައިފިނަމަ، ފެންނަމުންދާ ހިތާމަވެރި މަންޒަރަކީ ބަލިމީހުންނަށް އެކަށީގެންވާ އަޅާލުމެއް ނުދޭތަނެވެ. ހޮސްޕިޓަލުގައި އަޅާލާނެ ބަޔަކު ނުވެ، އެނދުތަންމަތިވެފައިވާ ތަނެވެ. ހަމަޔަޤީނުން، އެބައިމީހުންނާއި މެދުގައި ވިސްނާލައިފިނަމަ، އެބައިމީހުންގެ މައްޗަށް ބަލަދުއަރާނެ ބަޔަކު ތިބޭނެކަން ކަށަވަރެވެ. އެހެންނަމަވެސް ފެންނަމުންދާ ޙަޤީޤަތަކީ، ބުރަމަސައްކަތުން ދަރިން ބަލާ ބޮޑުކުރީމާ، މައިންބަފައިން މުސްކުޅިވާ ދުވަހު ނުވަތަ ބަލިވާ ދުވަހު އެބައިމީހުންނަށް ދަރިންގެ ފަރާތުން އަޅާލުމެއް ނުދޭވޭތަނެވެ. ތިމާގެ އަޚާއަށް ބަލިމަޑުކަމެއް […]