[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުރިއަރައި ދިޔަމީހުންނަކީ ކޮބައިތޯ؟

ﷲ ސުބުހާނަހޫވަތަޢާލާ އަލް ވާޤިޢާ ސޫރުތުގައި ވަހީކުރަށް ވަނީ وَالسَّابِقُونَ السَّابِقُونَ (10) :“އަދި ކުރިއަރައި ދިޔަމީހުންނަކީ ކުރިއަރައި ދިޔަމީހުންނެވެ.”   أُولَئِكَ الْمُقَرَّبُونَ (11) “ކުއްތަންކުރެވިގެންވާ ބަޔަކީ އެބައިމީހުންނެވެ.” ކުއްތަން ކުރެވިގެންވަނީކޮންތާކުތޯއެވެ ..އެބައިމީހުންނަކީ އެއިލާހާއި އެންމެ ކުއްތަން ކުރެވިގެންވާ މީހުން. فِي جَنَّاتِ النَّعِيمِ (12) “ނިޢުމަތުގެ ސުވަރުގެ ތަކުގައެވެ.”   ثُلَّةٌ مِنَ الْأَوَّلِينَ (13) “އިސްވެދިޔަ މީހުންގެ ތެރެއިން ގިނަބައެކެވެ.”   وَقَلِيلٌ مِنَ الْآَخِرِينَ ( 14) “ފަހުގެ މީހުންގެ ތެރެއިން […]

އިފްކުގެ ޙާދިޘާ 8

  އެހިނދު އަލީގެފާނުގެ ޚިޔާލުފުޅާ އެއްގޮތަށް ، އެބޭކަލުންގެ މަޝްވަރާ މަޖިލީހަށް ބަރީރާ رضي الله عنها ޙާޟިރުވުމަށް ދެންނެވުނެވެ. އަދި އެކަލޭގެފާނުގެ އަރިހަށް އެކަމަނާ ޙާޟިރުވުމުން ރަސޫލާ صلى الله عليه  وسلم ސުވާލުފުޅު ކުރެއްވިއެވެ: “އޭ ބަރީރާއެވެ! ޢާއިޝާ رضي الله عنها ގެ ކިބައިން ޝައްކުވާފަދަ އެއްވެސް ކަމެއް ކަމަނާއަށް ފެނިފައިވޭ ހެއްޔެވެ؟”. ޖަވާބުގައި އެކަމަނާވެސް ދެއްވީ އުސާމާ ބުން ޒައިދު رضي الله عنه ގެ ޖަވާބެވެ. އަދި އިތުރަށް ވިދާޅުވިއެވެ: […]