[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 11

  ޢާއިޝާ رضي الله عنها އަށް ކުރިމަތިވެފައިވާ މިބޮޑުވެގެންވާ އިމްތިޙާނުން ސަލާމަތްވުމަށް އެހީއެއްވެދެވޭނެ އެއްވެސް މަޚްލޫޤެއް މިއުޑު ދަށުގައި ނެތްކަން ހިތްޕުޅަށް އަރައިވަޑައިގެން އަދި އެކަމަނާގެ ޚާލިޤުވަންތަ މަތިވެރިވަންތަ އިލާހަށް ފުރިހަމައަށް ވަކީލުކުރާ ޙާލު ހިތްވެރާއެކު ނަބިއްޔާ صلى الله عليه  وسلم ގެ ސުވާލުފުޅަށް އެހިނދުން ޖަވާބުދާރީވެވަޑައިގެން އެކަމަނާ ދެންނެވިއެވެ. “ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިޔަބޭކަލުންގެ ހިތްތަކުގައި މިވާހަކަ ރަނގަޅަށް ހަރުލައިފުމަށް ދާންދެން މިވާހަގައިގެ އަޑު ތިޔަބޭކަލުންނަށް އިވިފައިވާކަން ތިކަންކަމަނާއަށް ޔަގީންކަމާއެކު އެނގިއްޖެއެވެ. […]