[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 12

  ފަހެ ޢާއިޝާ رضي الله عنها އެކަލޭގެފާނަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ފަހު އޮށޯންނެވިތަނާހެން ، އަދި މާތް ނަބިއްޔާ صلى الله عليه  وسلم އިށީންދެވަޑައިގެން އިންނެވި ތަނުން ތެދުވެވަޑައިވެސްނުގަންނަވަނީސް އެކަލޭގެފާނަށް ﷲ ތަޢާލާގެ ޙަޟްރަތުން ޥަޙީ ބާއްވައިލެއްވޭ ހިނދު ވާކަންތައްތައް ކުރިމަތިވާން ފެއްޓިއެވެ. އެކަލޭގެފާނަށް ބާއްވައިލެއްވުނު ޥަޙީބަސްފުޅުގެ ބުރަކަމުން ފިނި މޫސުމުގެ އެފިނީގައި އެކަލޭގެފާނުގެ ހަށިކޮޅުން ދާފޮދުގެ ތިކިތިކިވެސް ފައިބަން ފެއްޓިއެވެ. އަދި ޥަޙީބަސްފުޅު ބާއްވައިލެއްވި ނިމުމާއެކު އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅު މުޅިން އަލިވެއުޖާލާވެގެން ދިޔައެވެ. […]