[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 42

އެހެންކަމުން މިމައްސަލާގައި ބަލާލަންވީ ކަން ހިނގާ ގޮތަށެވެ. އަންހެނާއަށް ޚަރަދު ކުރުން ވާޖިބުވެފައި މިވަނީ ފިރިންގެ މައްޗަށް ކަމަށްވާއިރު، އަންހެނަކަށް ލިބޭ ބައިގެ ދެބައި ފިރިހެނުންނަށް ލިބުމަކީ މައްސަލައަކަށް ނުވެއެވެ. އެއީ ފިރިހެނާއަށް ލިބޭ ދެބައިންވެސް ޚަރަދުކުރަން ޖެހެނީ ހަމަ އަންހެނާއަށް ކަމުގައިވުމެވެ. ނަމަވެސް އަންހެނާއަށް ލިބޭ ބައިން އޭނާ ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ހަމައެކަނި ރިވެތި ގޮތުގައި އިސްރާފުނުކޮށް ހޭދަކުރުމުން ދިޔުމަކުން އޭނާއަށް އެކަން މަނާކުރެވޭނެ ގޮތެއް ނެތެވެ. މިއީ އިސްލާމްދީނުގައި އެކަން އޮތް ގޮތެވެ. […]