[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 33 –

އަދި މިދެ ސަބަބުގެ މިޘާލު ތިރީގައި އެވަނީއެވެ. ފުރަތަމައީ: މުއައްމަލު ބިން އިސްމާޢީލް ވިދާޅުވިއެވެ. “ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަމާ ބެހޭގޮތުން އުބައްޔު ބިން ކަޢުބުގެ އަރިހުން ރިވާކުރެވޭ ރިވާޔަތް ތިމަންކަލޭގެފާނަށް އިތުބާރުހުރި ބޭކަލަކު ކިޔާދެއްވިއެވެ. އެޝައިޚު އަރިހުގައި ދެންނެވީމެވެ. ކަލޭގެފާނަށް ކިޔައިދެއްވީ ކޮން ބޭކަލެއް ހެއްޔެވެ. ވިދާޅުވިއެވެ. މަދާއިނުގައިވާ ބޭކަލެކެވެ. އެބޭކަލަކު އަދި ދުނިޔޭގައި އެބަހުއްޓެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. އަދި ދެންނެވީމެވެ. ކަލޭގެފާނަށް ކިޔައިދެއްވީ ކޮން ބޭކަލެއް ހެއްޔެވެ. ފަހެ، ވިދާޅުވިއެވެ. ވާސިޠުގައިވާ ޝައިޚެކެވެ. […]