[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 41 –

މިއީ އިސްވެ ދިޔަ ޤަރުނުތަކުގައި މިކަން ހިނގާފައިވާ ގޮތެވެ. މިޒަމާނާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން ހުޅަނގުގެ އިސްތިޢުމާރުގެ ދުވަސްވަރު އެކަން އެބައިމީހުންނަށް ފުރިހަމަ ކުރެވިފައިވަނީ މުސްލިމު ޤައުމުތަކުގައި ނެތިގެން ގޮސްފައިވާ ފިކުރުތަކާއި ބިދުޢަތަކާއި ފިރުޤާތައް ދިރުވުމަށްފަހުއެވެ. އެކަން ކޮށްފައިވަނީ އިސްތިޢުމާރުގެ ކުރިން ފޮނުވި އޮރިއަންޓެލިސްޓުންނާއި މިޝަނަރީން ބޭނުންކޮށްގެންނެވެ. އެކަންކަމަކީ އެބައިމީހުންގެ ކުރިން އިސްލާމްދީނުގެ ޢަދާވާތްތެރިންކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މަޖޫސީންނާއި އަދި ޞާބިއީން ފަޅުވާފައިވާ ކުރިތަކެކެވެ. އިސްތިޢުމާރުގެ ސަބަބުން ދިރިގެން ދިޔަ އެފަދަ ބިދުޢަތަކާއި ފިކުރުތަކުގެ ތެރޭގައި ސުންނަތް […]