[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة البينة ގެ ތަފްސީރު 2

އަލްބައްޔިނާގެ މާނައެވަނީ ޖެހިގެން އޮތް އާޔަތުގައެވެ. ﴿ رَسُولٌ مِّنَ اللَّهِ ﴾ މާނައީ: “(އެ ދަލީލަކީ) ﷲގެ ޙަޟްރަތުން ފޮނުއްވެވި ރަސޫލެކެވެ.” އެ ރަސޫލަކީ ނަބިއްޔާ صلى الله عليه وسلّم އެވެ. އެއީ މުޙައްމަދު ރަސޫލު ﷲ އެވެ. އެއީ ޢަބްދުﷲ ގެ ދަރިކަލުންނެވެ. ނިސްބަތްވެވަޑައިގަންނަވަނީ ޤުރައިޝުންގެ ހާޝިމުވަންހައަށެވެ. މިއާޔަތުގައި ޢަރަބިބަހުގެ އުސްލޫބެއްކަމުގައިވާ “ނަކިރާ”ކޮށް ﴿ رَسُولٌ ﴾ އައިސްފައިވަނީ މަތިވެރިކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެއީ މަތިވެރިކުރުން ޙައްޤު ފަރާތެކެވެ. އަދި އެކަލޭގެފާނާމެދު އަދަބުކުޑަކުރުމާއި […]