[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޚްލާޞްތެރިކަމާއެކު ﷲ އަށްޓަކައި އަހަރެން އަދާކުރަންވީ ކޮން ޢަމަލުތަކެއް؟

ބައެއް މީހުން ހީކުރާ ގޮތުގައި އިޚްލާޞްތެރިވާން ޖެހެނީ ހަމައެކަނި ނަމާދުގައާއި ޤުރުއާން ކިޔަވާއިރާ އަދި ދީނަށް ދަޢުވަތުދިނުމާއި ހޭދަކުރުންފަދަ ބޭރުފުށުން ފެންނަ އަޅުކަންތައް އަދާކުރާއިރުކަމުގައެވެ. ނަމަވެސް މިއީ ރަނގަޅު ހިޔެއް ނޫނެވެ. ކޮންމެ އަޅުކަމެއް އަދާކުރާއިރުވެސް އިޚްލާޞްތެރިވުމީ ވާޖިބެކެވެ. އޭގެ ތެރޭގައި އަވަށްޓެރިންނަށް ކަމޭހިތުމާއި ރަޙިމުގެ ގުޅުން ޤާއިމުކުރުމާ އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުންވެސް ހިމެނެއެވެ. މިއީ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ބައެއްކަންކަމެވެ. އެކަމަށް ﷲ ތަޢާލާ ރުހިވޮޑިގެންވާ އަދި ލޯބިވޮޑިގެންވާ ޢަމަލެއް އަދާކުރާނަމަ އިޚްލާޞްތެރިވާން […]