[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 5

7ވަނަ ޤަވާޢިދު (ޖުމްލަ 189): النَّكِرَةُ فِي سِيَاقِ الاِمْتِنَانِ تَعُمُّ މި ޤަވާޢިދުގެ ތަރުޖަމާ: {ނިޢުމަތްދެއްވިކަމަށް ބަޔާންވެގެންވާ ތަނެއްގައި އޮންނަ نَـكِـرَة ޢާއްމުވެގެންވޭ} މި ޤަވާޢިދުގެ މުރާދު: ޖުމްލަގޮތެއްގައި نَـكِـرَة އިން ޢާއްމުކަމުގެ މާނަ ލިއްބައިނުދިނަސް، ނިޢުމަތްދެއްވިކަމަށް ބަޔާންވެގެންވާ، ކަމެއް ސާބިތުކޮށްދޭ ތަނެއްގައި އެ نَـكِـرَة އޮތްނަމަ، އެ ޙާލަތުގައި އެ نَـكِـرَة އިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. އަދި ހަމައެފަދައިން މި ނޫނަސް ބައެއް އެހެން ޙާލަތްތަކުގައި އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. އެގޮތުން، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 4

5ވަނަ ޤަވާޢިދު (ޖުމްލަ 189): أَلْفَاظُ التَّأْكِيْدِ تَدُلُّ عَلَى العُمُومِ މި ޤަވާޢިދުގެ ތަރުޖަމާ: {ކަށަވަރުކޮށްދިނުމުގެ ގޮތުން ބޭނުންކުރެވޭ ލަފްޒުތަކުން عُمُومُ އަށް ދަލީލުކޮށްދޭ} މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ލަޒްފުތަކުގެ ތެރޭގައި، أَلْفَاظُ التَّأْكِيْدِ (ކަށަވަރުކޮށްދިނުމުގެ ގޮތުން ބޭނުންކުރެވޭ ލަފްޒުތައް) ހިމެނެއެވެ. އެއީ، كُلُّ (ހުރިހާ/އެންމެހާ) އާއި جَمِيْعُ (ހުރިހާ/އެންމެހާ) އަދި އެ ދޭތީގެ މާނައިގައި ބޭނުންކުރެވޭ مَعْشَرُ އާއި مَعَاشِرُ އާއި عَامَّةُ އާއި كَافَّةُ އާއި قَاطِبَةُ އާއި […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 3

3ވަނަ ޤަވާޢިދު (ޖުމްލަ 189): أَدَوَاتُ الشَّرْطِ تُفِيْدُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {ޝަރުޠުކުރުމުގެ ގޮތުން ބޭނުންކުރެވޭ ޞީޣާތަކުން عُمُومُ ލިއްބައިދޭ} މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޞީޣާތަކުގެ (ޢިބާރާތްތަކުގެ) ތެރޭގައި، أَدَوَاتُ الشَّرْطِ (ޝަރުޠުކުރުމުގެ ގޮތުން ބޭނުންކުރެވޭ ޞީޣާތައް) ހިމެނެއެވެ. އެގޮތުން، އެފަދަ ޞީޣާތަކަކީ، ބަހުގެ ގޮތުން އެ ޞީޣާތަކުގެ އަޞްލުން ވެސް ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޞީޣާތަކެކެވެ. އެފަދަ ޞީޣާއަކާއެކު ޝަޚުޞަކާ ޙުކުމެއް ގުޅުވައިލެވިއްޖެނަމަ، އެއިން ލާޒިމުކުރަނީ، އެ ޙުކުމް […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 2

2ވަނަ ޤަވާޢިދު (ޖުމްލަ 189): أَلْفَاظُ العُمُومِ تَقْتَضِي العُمُومَ بِالوَضْعِ މި ޤަވާޢިދުގެ ތަރުޖަމާ: {عُمُومُ ލަފްޒުތައް وَضْعُ ކުރުމުން عُمُومُ ވުން ލާޒިމުކުރޭ} މި ޤަވާޢިދުގެ މުރާދު: ބަހުގެ ގޮތުން عُمُومُ އަކީ، ކަމެއް ގިނަ އެއްޗެހިތަކެއްގައި ޝާމިލުވުމެވެ. އެ ކަމަކީ، ލަފްޒެއް ކަމުގައި ވިޔަސް ނުވަތަ އެހެން އެއްޗެއް ކަމުގައި ވިޔަސް މެއެވެ. އިޞްޠިލާޙީ ގޮތުން العُمُومُ (ޢާއްމުކަން) އަކީ، ލަފްޒެއް އެއް ފަހަރު ގެނައުމުން، އޭގެ މާނައިގެ ތެރެއަށް ވަންނަ ތަކެތީގެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 1

1ވަނަ ޤަވާޢިދު (ޖުމްލަ 189): العُمُومُ مِن عَوَارِضِ الأَلْفَاظِ وَالـمَعَانِي މި ޤަވާޢިދުގެ ތަރުޖަމާ: {عُمُومُ އަކީ، ލަފްޒުތަކާއި މާނަތަކަށް ހުށަހެޅިގަންނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް} މި ޤަވާޢިދުގެ މުރާދު: ބައެއް ލަފްޒުތަކަކީ ޙަޤީޤީ ގޮތުން عُمُومُ (ޢާއްމުކަން) އެކުލެވިގެންވާ އެއްޗެއްގެ ގޮތުގައި ސިފަކުރުމާ މެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި އެއްވެސް ރައުޔުތަފާތުވުމެއް ނެތެވެ. މިސާލަކަށް، الـمُسْلِمُونَ (މުސްލިމުން) އަކީ ޢާއްމު ލަފްޒެއްގެ ގޮތުގައި، އަދި كُلُّ الرِّجَالِ (ހުރިހާ ފިރިހެނުން) އަކީ ޢާއްމު […]