[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (29)

ޝައިޠާނާގެ މައްޗަށް ނަޞްރު ހޯދުމަށް ބޭނުންކުރެވޭނެ އެންމެ މަތިވެރި އެކައްޗަކީ އާޔަތުލް ކުރުސިއެވެ. ޞަޙީޙުލް ބުޚާރީގައި އަބޫހުރައިރާގެ އަރިހުން ރިވާވެގެންއައިސްފައިވާ ޙަދީޘެއްގައިވެއެވެ. ރަމަޟާންމަހުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކާއެއްޗެހި ބެލެހެއްޓުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންކަލޭގެފާނާއި ހަވާލުކުރެއްވިއެވެ. އެއްރެއަކު އެތަނަށް އައިސް ކާއެއްޗެހި ނަގަން މީހަކު ހުއްޓާ ފެނިވަޑައިގެން އޭނާ ހިފެހެއްޓެވުމަށްފަހު، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “ﷲ ގަންދީ ބުނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ކަލޭ ގެންދާނަމެވެ.” އެހެންނަމަވެސް، ތިމަންނައަކީ ދަރިންތިބި، ވަރަށް ބޮޑަށް މިއަށް ބޭނުންޖެހިފައިވާ […]