[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 146

157ވަނަ ޤަވާޢިދު (ޖުމްލަ 189): صَلَاحِيَةُ كَوْنِ الشَّيْءِ جَوَابًا لِسُؤَالٍ مُغَلِّبَةٌ عَلَى الظَّنِّ أَنَّهُ جَوَابٌ لَهُ މި ޤަވާޢިދުގެ ތަރުޖަމާ: {އެއްޗެއް ސުއާލެއްގެ ޖަވާބަކަށްވުމަށް އެކަށީގެންވުމުން، އެއީ އޭގެ ޖަވާބެއް ކަމަށް ބޮޑަށް ހީކުރެވޭ} މި ޤަވާޢިދުގެ މުރާދު: ވާހަކައެއް ވަކި ސުއާލެއްގެ ޖަވާބަކަށްވުމަށް އެކަށީގެންވާތީ ފާޅުވެއްޖެނަމަ، ބޮޑަަށް ހީކުރެވެނީ އެއީ އެ ސުއާލުގެ ޖަވާބުގެ ގޮތުގައެވެ. ހަމައެފަދައިން، ވަކި ހާދިސާއަކާ ގުޅޭ ގޮތުން އޮތް ޖަވާބެއްނަމަ، ސުއާލެއްގެ ޖަވާބުގައި ނުވަތަ ހާދިސާއެއްގެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 145

155ވަނަ ޤަވާޢިދު (ޖުމްލަ 189): الاِقْتِصَارُ فِي مَقَامِ البَيَانِ يُفِيْدُ الـحَصْرَ މި ޤަވާޢިދުގެ ތަރުޖަމާ: {ބަޔާންކުރުމުގެ މަޤާމެއްގައި ކުރުކޮށްލުމުން، ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ޙުކުމެއް ބަޔާންކުރެއްވިއިރު، ބައެއް ކަންކަން ބަޔާންކުރައްވައި ކުރުކޮށްލެއްވިނަމަ، އެ ކުރުކޮށްލެއްވުމާ މެދު ބެލެވޭހުށީ، އެއީ ބަޔާންވެފައިވާ ކަންތަކަށް އެކަނި ޙުކުމް ހަނިކުރެއްވުން ކަމުގައެވެ. އެއީ، ހަނިކުރެއްވުމުގެ މާނައިގައި އެ ގޮތަށް ހައްދަވާފައި ނުވާކަމަށް ދަލީލެއް ލިބެން ނެތްނަމައެވެ. މި ޤަވާޢިދުގެ މިސާލަކީ، ﷲ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 144

154ވަނަ ޤަވާޢިދު (ޖުމްލަ 189): تَقْدِيْـمُ الـمَعْمُولَاتِ عَلَى عَوَامِلِهَا يَدُلُّ عَلَى الـحَصْرِ މި ޤަވާޢިދުގެ ތަރުޖަމާ: {مَعْمُول ތައް އޭގެ عَامِل ތަކުގެ ކުރިޔަށް އިސްކުރުމުން، ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދޭ} މި ޤަވާޢިދުގެ މުރާދު: مَعْمُول އެއް އޭގެ عَامِل އަށްވުރެ އިސްވެއްޖެނަމަ، އެ އިސްވުމުން ދަލީލުކޮށްދެނީ، އެއިން ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދޭކަމެވެ. އެ ގޮތުން، އެ مَعْمُول އެ عَامِل އަށް ހަނިކުރެވިފައިވާ ކަމެވެ. މާނައަކީ، އެ عَامِل އަށް ޙުކުމް ސާބިތުވެފައި، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 143

153ވަނަ ޤަވާޢިދު (ޖުމްލަ 189): حَصْرُ الـمُبْتَدَأِ فِي الـخَبَـرِ يُـفِيْدُ الـحَصْرَ މި ޤަވާޢިދުގެ ތަރުޖަމާ: {ޚަބަރުގައިވާ ފެށުން ހަނިކުރެވިފައިވުމުން، ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދޭ} މި ޤަވާޢިދުގެ މުރާދު: ޚަބަރެއްގައިވާ ފެށުން ހަނިކުރެވިފައިވާއިރު، އެ ޚަބަރަކީ އަލިފުލާމާއެކު މަޢުރިފާކުރެވިގެން އޮތް ޚަބަރެއް ކަމުގައި ވިޔަސް، އެއިން ވަކި ޒަމާނަކަށް ދަލީލުކޮށްދޭފަދަ ޤަރީނާއެއް ނެތްނަމަ، އެއީ އެ ޚަބަރުގައިވާ ފެށުން ހަނިކޮށްދޭ އެއްޗެއް ކަމުގައި ބެލެވޭނެތެވެ. މިސާލަކަށް، [العَالِـمُ زَيْدٌ] (ޢިލްމުވެރިޔަކީ ޒައިދު) އޭ ބުނުމެވެ. މި […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 142

152ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُتَرَادِفَانِ يَصِحُّ إِطْلَاقُ كُلِّ وَاحِدٍ مِنْهُمَا مَكَانَ الآخَرِ މި ޤަވާޢިދުގެ ތަރުޖަމާ: {އެއް މާނައެއް ދޭހަކޮށްދޭ ދެ ލަފްޒުންކުރެ ކޮންމެ ލަފްޒެއް ވެސް އަނެއް ލަފްޒު އޮންނަ ތަނުގައި ބޭނުންކުރުން ޞައްޙަ} މި ޤަވާޢިދުގެ މުރާދު: ވަކި ތަރުކީބެއްގައި (ވަކި ގޮތަކަށް ޢިބާރާތްތަކެއް ގޮތަށް އަތުރައިލެވިފައިވާ ތަނެއްގައި) ދެ ލަފްޒުންކުރެ ލަފްޒަކުން މޮށުން ޞައްޙަވެއްޖެނަމަ، ހަމަ އެ ތަނުގައި އަނެއް ލަފްޒުން ވެސް މޮށުން ޞައްޙަވުން ލާޒިމެވެ. އެއީ، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 141

151ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُحَلَّى بِـ (أَل) إِن احْتَمَلَ العَهْدَ وَغَيْرَهُ حُمِلَ عَلَى العَهْدِ މި ޤަވާޢިދުގެ ތަރުޖަމާ: {އަލިފުލާމާއެކު އޮންނަ ލަފްޒުން އެ ޒަމާނަށާއި އެ ނޫން ޒަމާނަށް އިޙްތިމާލު އުފެދޭނަމަ، އެ ޒަމާނަށް ނެގޭނެ} މި ޤަވާޢިދުގެ މުރާދު: އަލިފުލާމާއެކު ލަފްޒެއް ވާރިދުވެފައިވާއިރު، އެ ލަފްޒުން މުރާދުވެވިފައި ވަނީ އެ ޒަމާނަށް ކަމުގައި ދަލީލަކުން ދަލީލުކޮށް ނުދޭނަމަ، އަދި އަދި އެ ލަފްޒު ބޭނުންކުރެވިފައި ވަނީ ވަކި ޖިންސަކަށް ކަމާ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 140

150ވަނަ ޤަވާޢިދު (ޖުމްލަ 189): الصِّفَةُ فِي الـمَعْرِفَةِ لِلتَّوْضِيْحِ، وَفِي النَّكِرَةِ لِلتَّخْصِيْصِ މި ޤަވާޢިދުގެ ތަރުޖަމާ: {މަޢުރިފާގައި ސިފަ ބޭނުންކުރެވެނީ އިތުރަށް ސާފުކޮށްދިނުމަށް، އަދި ނަކިރާގައި ބޭނުންކުރެވެނީ ޚާއްޞަ ކުރުމަށް} މި ޤަވާޢިދުގެ މުރާދު: ސިފައެއް މަޢުރިފާއަކާ ގުޅިގެން ވެސް އަދި ނަކިރާއަކާ ގުޅިގެން ވެސް އައިސްފައި އޮވެދާނެއެވެ. އެ ގޮތުން، ސިފައެއް މަޢުރިފާއަކާ ގުޅިގެން އަތުވެއްޖެނަމަ (މިސާލަކަށް، [الصَّلَاةُ الوُسْطَى] ނުވަތަ މެދު ނަމާދު)، އޭގެ ބޭނުމަކަށް ވާނީ، ސިފަކުރެވޭ އެ އެތީގެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 139

149ވަނަ ޤަވާޢިދު (ޖުމްލަ 189): النَّكِرَةُ وَالـمَعْرِفَةُ إِذَا أُعِيْدَتَا مَعْرِفَةً كَانَتَا عَيْنَ الأُوْلَى، وَإِذَا أُعِيْدَتَا نَكِرَةً كَانَتَا غَيْرَ الأُوْلَى މި ޤަވާޢިދުގެ ތަރުޖަމާ: {މަޢުރިފާއެއްގެ ގޮތަށް ނަކިރާއާއި މަޢުރިފާ އިޢާދަވެއްޖެނަމަ، އެއީ ފުރަތަމަ އޮތް އެތި، އަދި ނަކިރާއެއްގެ ގޮތަށް އެ ދޭތި އިޢާދަވެއްޖެނަމަ، އެއީ ފުރަތަމަ އޮތް އެއްޗެއް ނޫން} މި ޤަވާޢިދުގެ މުރާދު: ވާހަކައެއްގައި ނަކިރާ ލަފްޒެއް އައިސްފައި، އެއާ عَطْفُ ކުރެވިގެން (އެބަހީ، [އަދި] ފަދަ ޙަރުފެއް […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 138

147ވަނަ ޤަވާޢިދު (ޖުމްލަ 189): الإِضَافَةُ تَقْتَضِي الاِخْتِصَاصَ މި ޤަވާޢިދުގެ ތަރުޖަމާ: {إِضَافَة އިން ލާޒިމު ކުރަނީ، އިޚްތިޞާޞްވުން} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުގެ އެންގެވުމުގައިވާ ވާހަކައެއްގައި، ނުވަތަ މީސްތަކުން އެއް ބަޔަކު އަނެއް ބަޔަކާ ދައްކާ ވާހަކަތަކުގައިވާ ވާހަކައެއްގައި، إِضَافَة އެއް އަތުވެއްޖެނަމަ، އެއިން އެނގެނީ، އޭގައިވާ الـمُضَافُ إِلَيْهِ އިން الـمُضَافُ އިޚްތިޞާޞްވެފައި ވާކަމެވެ. ސަބަބަކީ، إِضَافَة ގެ ބޭނުމަކީ، الـمُضَافُ إِلَيْهِ އިން الـمُضَافُ މަޢުރިފާ ކުރުން ކަމުގައި ވާއިރު، […]