[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރިޒްޤު ހޯދުން

ރިޒްޤު ހޯދުމަކީ ވަރަށް ގިނަ މީހުން ކަންބޮޑުވާކަމެކެވެ. ކުޑަކުދިން އެކަމަށް އުންމީދުކުރާއިރު ބޮޑެތި މީހުން އެކަމަށް މަސައްކަތްކުރެއެވެ. ދުނިޔަވީ ޙަޔާތުގެ ގިނަ ކަންބޮޑުވުންތަކާއި އެކަމުގެ ވާހަކަތައް އެނބުރެނީ އޭގެ ވަށައިގެންނެވެ. ކުޅަދާނަ މުއުމިނުންނަކީ ރިޒްޤުދެއްވާ ފަރާތަށް އެކަން ހަވާލުކުރާ މީހުންނެވެ. ތިބާއަށްޓަކައިވާ ރިޒްޤެއް، ތިބާ ކިތަންމެ ނިކަމެތިވެފައިވަނިކޮށްވެސް އަންނާނެއެވެ. އަދި ތިބާއަށްޓަކައި ނުވާ އެއްޗެއް ތިބާގެ ގަދަބާރުންނެއް ހޯދައި ނުގަނެވޭނެއެވެ. އެހެންކަމުން ތިބާއަށް ލިބޭނެކަން ޔަޤީންވެފައިވާ ރިޒްޤެއް ހޯދުމުގެ ފިކުރުގައި ވަޤުތުތައް ބޭކާރުނުކޮށްލާށެވެ. އަޖަލުޖެހެންދެން ރިޒްޤު ތަނަވަސްވެގެންދާނެއެވެ. […]

ޞާލިޙު މީހުންވެސް ދެއްކުންތެރިކަމުގެ މަޅީގައި ޖެހޭ ހެއްޔެވެ؟

ޝައިޠާނާ ވަރަށް ގިނަ ދޮރުން އަޅުތަކުންނާ ދިމާކުރެއެވެ. އަދި ކޮންމެ ބަޔަކަށްމެ އެބައެއްގެ ފޭރާމުގައި ކުރިމަތިލައެވެ. ވިޔަފާރިވެރިންނަށް ހިތްވަރުދެނީ ރިބާ ކެއުމަށެވެ. އަންހެން ކަނބަލުންނަށް ޒީނަތްތެރިކޮށްދެނީ ޙަރާމް ގޮތްތަކަށް ނަލަވުމަށެވެ. ހަމައެފަދައިން ޞާލިޙުންނާ ދިމާކުރަނީ ދެއްކުންތެރިކަމުގެ ދޮރުންނެވެ. ދެއްކުންތެރިކަމާ ބެހޭގޮތުން އައްޠީބީ ވިދާޅުވިއެވެ. “އެއީ ނަފްސުގެ އެންމެ ގެއްލުން ބޮޑު އެއް ފަސާދައެވެ. އަދި ފޮރުވިފައިވާ ދަންތުރައެކެވެ. އެކަމުގެ އަވައިގައި ޢިލްމުވެރިންނާއި އަޅުވެރިންނާ އަދި އާޚިރަތަށްޓަކައި ގަދައަޅާ މަސައްކަތްކުރާ މީހުންވެސް ޖެހެއެވެ.” އަދި އެއީ އަޅާއަށް އެންމެ […]