[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެންގެ ގާތްތިމާގެ މީހުން އަހަންނާމެދު ނުބައިކޮށް ހިތަނީ 1

ގާތްކަން ބެހެއްޓުމުގައްޔާއި އަޅާލުމުގައްޔާއި ރަޙުމުކުރުމުގައި ގާތްތިމާގެ މީހުން އެއްހަމައެއް ނޫނެވެ. ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ މަތިވެރި އަޅުކަމެކެވެ. އެއީ ތިބާއާމެދު ބަޔަކު ޢަމަލުކުރާގޮތަށް ކުރާކަމެއް ނޫނެވެ. އަދި ބަޔަކު ރަޙިމުގެ ގުޅުން ދޫކޮށްލުމުން އެކަން ދޫކޮށްލާކަށްވެސް ނުޖެހެއެވެ. އަދި ކިއެއް ހެއްޔެވެ. މުސްލިމުންނަކީ އެމީހުންގެ ގާތްތިމާގެ މީހުން އެގުޅުން ކެނޑިޔަސް ގުޅުން ބަދަހިކުރާ ބައެކެވެ. އެހެނީ އެއީ އަޅުކަމެކެވެ. އެބައިމީހުންނާ ގުޅުން ބަދަހިކުރަނީ އެމީހުން ޢަމަލުކުރާ ގޮތަށް ބަލާފައެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް އަދާކުރެވޭ […]