[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (30)

އަދި ހަމައެއާއެކު ތަޖުރިބާއިން އެނގޭގޮތުގައި ޢަދަދުވެސް ނުކުރެވޭހާ ގިނަމީހުންވަނީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމާ އެސޮރުމެންނާ ގުޅުންހުރި ކަންކަން ބާޠިލުކުރުމުގައި ކުރުސީގެ އަސަރު ބަޔާންކޮށްދީފައެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާގެ ކިބައިން ދިފާޢުވުމުގައްޔާއި ޖިންނި މޮޔަވެފައިވާ މީހުންނާއި ޖިންނީން ވާގިވެރިވާ މީހުންނަށް އޭގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރުވައެވެ. މިޘާލަކަށް އަނިޔާވެރިވާ މީހުންނާއި ރުޅިގަދަމީހުން އަދި ޝަހްވަތާ ލަވަޔާ މިއުޒިކުގެ އަހުލުވެރިންނާއި އޭގެ އަޑުއަހާ، ތުމުން ފުމެ އަތްޖަހާ މީހުންނަށް ތެދުވެރިކަމާއެކު އެއާޔަތް ކިޔުމުން އޭނާގެ ކިބައިގައިވާ ޝައިޠާނާ ދުރުހެލިވެއެވެ. […]