[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމުގެ މާތްކަން 1

މީހަކަށް ހޯދައިގަނެވޭނެ އެންމެ މަތިވެރި އެއްޗަކީ ޢިލްމެވެ. އަދި އެއީ ނިސްބަތްވެވޭނެ އެންމެ މަތިވެރިކަމެވެ. އަދި އެއީ މީހަކަށް ލިބޭނެ އެންމެ އަގުހުރި ޖަވާހިރެވެ. އަދި އެއީ ކެނޑޭނެ އެންމެ ރަނގަޅު މޭވާވެސްމެއެވެ. ހެޔޮމަގަށް މަގުދައްކައިދޭ ނުވަތަ ނުބައިކަމަކުން ދުރުކޮށްދޭ ޢިލްމަކަށްވުރެ ހެޔޮއެއްޗެއް މީހަކަށް ނުހޯދޭނެއެވެ. ސުފްޔާނު ބުން ޢުޔައިނާ ވިދާޅުވިއެވެ. “(ދީނީ) ޢިލްމު ހޯދަން މަސައްކަތްކުރާމީހަކު، ﷲ އަށް ބައިޢަތު ހިފައިފިކަން ކަށަވަރެވެ.” އެއީ ނަބީކަމުގެ ވާރުތައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَوَرِثَ سُلَيْمَانُ دَاوُودَ  […]