[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 28

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ހިތުގައި އެކަލޭގެފާނާ މެދު އުފެދޭ ޝުޢޫރުތަކާއި އިޙްސާސްތަކަށް އަންނަ ބަދަލަށްވެސް ވިސްނާވަޑައިގެން އެކަންކަމަށް ނުހަނު ސަމާލުކަން ދެއްވާ ކަމުގައިވިއެވެ: އެކަނބަލުންނަށް ކެތް ނުކުރެއްވިގެން ނުހިފެހެއްޓެވިގެން އެކަންކަން ބަންޑުންވީމަ ނޫނީ އެނގިވަޑައިނުގަންނަވާ ފަދަ ޣާފިލު ބޭކަލެއް ކަމުގައި އެކަލޭގެފާނު ވެވަޑައެއްނުގަންނަވައެވެ. އެއްފަހަރަކު އެކަލޭގެފާނު صلى الله عليه وسلم ޢާއިޝާ رضي الله عنها އަށް ޙަދީޘްފުޅު ކުރެއްވިއެވެ: “إني لأعلم إذا كنت عني راضية، […]

ނަސޭޙަތްތެރިވުން 2

ނަސޭޙަތްތެރިވާ މީހަކީ ހިތުގެ ފުންމިނުން ނަސޭޙަތްތެރިވާ، ހިތްސާފު، އުޅުން ރިވެތި އަދި އެހެންމީހުންނާމެދު ކަންބޮޑުވާ މީހަކަށްވާނެއެވެ. އިހުގެ ބޭކަލުންގެ ދަރަޖަ މަތިވެރިވެގެން ދިޔައީ އެސަބަބާހުރެއެވެ. އަބޫ ބަކްރު އަލްޢައްޔާޝް ވިދާޅުވިއެވެ. “އަބޫ ބަކުރު رضي الله عنه ، ޞަޙާބީ ބޭކަލުންގެ މައްޗަށް އިސްކަން ހޯއްދެވީ ގިނަ ނަމާދުތަކާއި ރޯދަތަކެއް ހިއްޕަވައިގެނެއް ނޫނެވެ. އެހެނެއްކަމަކު އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ކަމެއްގެ ސަބަބުންނެވެ. ވިދާޅުވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައިވީ، ﷲ ދެކެ ލޯބިވުމާއި އެއިލާހުގެ މަޚްލޫޤުންނަށް ނަސޭޙަތްތެރިވުމެވެ.” މުޖުތަމާއަށް ނަސޭޙަތްތެރިވެ، އެ […]