[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 29

ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅު މިމަޢުޟޫގައި ބެހެއްޓެވި ގޮތް މިޙަދީޘުން ބަޔާންވެގެން ދިޔައިރު، އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އެކަލޭގެފާނާ މެދު މުޢާމަލާތް ބެހެއްޓަވާ ގޮތްވެސް މިޙަދީޘުން ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެއެވެ. ފަހެ، ޢާއިލީ ދިރިއުޅުމަކީ އެއި ޙާލަތުގައި އެކި ގޮތަށް އޮންނަ އެއްޗެކެވެ. އެއް ހިނދެއްގައި އުފާވެރިކަން ކުރިމަތިވާ ފަދައިން އެއާ ޖެހިގެން ނުތަނަވަސްކަމާއި ހިތް ހަމަނުޖެހުން ކުރިމަތިވެގެން ވެސް ހިނގައިދާނެއެވެ. މިއީ ވަކި މީހަކަށް ޚާއްޞަ ކަމެއް ނޫނެވެ. އެހެނީ، […]

ނަސޭޙަތްތެރިވުން 3

މުޖުތަމާއެއްގައި ނަސޭޙަތްތެރިވުން ނެތިހިނގައްޖެނަމަ ޣީބަބުނުން ފާޅުވެއެވެ. ތިބާއަށް ނަސޭޙަތްތެރިވާނީ ތިބާދެކެ ލޯބިވާމީހުންނެވެ. މީހަކާމެދު ކަންބޮޑުވާމީހާ އޭނާއަށް ސިއްރުގައި ނަސޭޙަތްތެރިވާށެވެ. އިބްނު ރަޖަބު ވިދާޅުވިއެވެ. “ސަލަފުންގެ ބޭކަލުން މީހަކަށް ނަސޭޙަތެއްދެއްވާނަމަ އޭނާއަށް ސިއްރިއްޔާތުގައި ވަޢުޛުވިދާޅުވެއެވެ. އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވިއެވެ. ދެމީހެއްގެ ދެމެދުގައި (ސިއްރުން) ނަސޭޙަތްތެރިވެއްޖެމީހަކު ދަންނައެވެ. އެއީ ނަސޭޙަތެކެވެ. އަދި މީސްތަކުންގެ މެދުގައި (ފާޅުކޮށް) ނަސޭޙަތްތެރިވެއްޖެމީހަކު ދަންނައެވެ. އެއީ ޢައިބުކިޔުމެވެ.” އަދި މީހަކު ތިބާގެ ގާތުގައި ނަސޭޙަތެއް ދިނުމަށް އެދިއްޖެނަމަ ނަސޭޙަތްދިނުން ލާޒިމުވާނެއެވެ. ނަބިއްޔާ […]