[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 56

އަދި އެޤިސްމުގެ ދެވަނަ ފަޞްލުގެ ސުރުޚީގައި ވިދާޅުވެފައިވެއެވެ. “ޞަހާބީ ބޭކަލުންގެ ތެރެއިން ޢިލްމު ލިޔުއްވިކަމަށް އެނގެން އޮތް ބޭކަލުންނާއި އެކަންކުރުމަށް އަމުރުކުރެއްވި ބޭކަލުން” މިއެވެ. މިފަޞްލުގައި އެބޭކަލުންގެ އަރިހުން ވަރަށް ގިނަ ރިވާޔަތްތައް ގެންނަވާފައިވެއެވެ. އޭގެ ތެރެއިން ގިނަ ރިވާޔަތްތައް ޞައްޙައެވެ. އެހެނީ ޞަޙީޙު ފޮތްތަކުގައިވާ ރިވާޔަތްތަކާއި ސުނަނުގައިވާ ރިވާޔަތްތައްވެސް އޭގައިވެއެވެ. އެ ރިވާޔަތްތައް ގެންނަވާފައިވާއިރު، އެކަލޭގެފާނުގެ ތަޢުލީޤުތަކާއި އިސްތިންބާޠުތައްވެސް އެއާއެކު ޛިކުރުކުރައްވާފައިވެއެވެ. (ތަޢުލީޤަކީ އެރިވާޔާތްތަކާ ގުޅޭ މުހިންމު ނުކުތާތަކެވެ. އިސްތިންބާތަކީ އެރިވާޔަތްތަކުގައި ފުން މާނަތައް ބަޔާންކޮށްދިނުމެވެ.) […]