ދުޢާކުރުން 3

އަރާމު ތަންމަތިތަކުގައި މީސްތަކުން ޒީނަތްތެރިވާ ވަޤުތުގައި، އާދޭހުގެ އަތް އުފުލާ މަތިވެރިވެގެންވާ އިލާހުގެ ޙަޟްރަތުގައި ހާރުދަމުގެ ވަޤުތުތަކުގައި ދަންނަވާށެވެ. އެންމެ ދުޢާއެއްގެ ސަބަބުންވެސް ހުރިހާކަމެއް ބަދަލުވެގެން ހިނގައިދާނެއެވެ. ފަހެ ދަރިން ނުލިބޭމީހުންނަށް ދަރިން ލިބި، ބަލިމީހުންނަށް ޝިފާލިބި، ފަޤީރުންނަށް ރިޒުޤު ތަނަވަސްވެ އަދި އަބާއްޖަވެރިން ބާއްޖަވެރިވެދާނެއެވެ. ﷲ ތަޢާލާ އިރާދަކުރެއްވިބަޔަކު ފިޔަވާ، މިދުނިޔޭގައި ތިބި އެންމެން ޣަރަޤުވެގެން ދިޔައީވެސް އެންމެ ދުޢާއެއްގެ ސަބަބުންނެވެ. އަދި ފިރުޢައުނު ހަލާކުވެގެން ދިޔައީވެސް މޫސާ ޢަލައިހިއްސަލާމްގެ ދުޢާގެ ސަބަބުންނެވެ. ﷲ ތަޢާލާ … Continue reading ދުޢާކުރުން 3