[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދަކީ އަހަރެމެންގެ ޢަޤީދާއެވެ.

 ބަހުގެ ގޮތުން ތައުޙީދު މި ބަހަކީ (ވައްޙަދަ، ޔުވައްޙިދު) މި ފިޢުލުގެ މަސްދަރެވެ. އެހެންކަމުން ﷲ ތަޢާލާގެ ވަޙުދާނިއްޔަތުކަމަށް އީމާންވާ ނުވަތަ އެއްކައުވަންތަކުރާ މީހާއަކީ މުވައްޙިދެކެވެ. އަދި މުޝްރިކުން ﷲ ތަޢާލާގެ ޒާތުފުޅާއި ސިފަފުޅުތަކުގައި ބައިވެރިކުރާ އަދި ވައްތަރުކުރާ ތަކެތިން އެއިލާހު އެއްކައުވަންތަކުރާ މީހާއަކީވެސް މުވައްޙިދެކެވެ. ޢަރަބި ބަހުގައި ވާޙިދު، އަޙަދު، އަދި ވަޙީދުވެސް ކިޔައި އުޅެއެވެ. މިހުރިހާ ބަހެއްގެ މާނަޔަކީވެސް މުޚާތަބުކުރެވޭ ފަރާތަކީ އެއްފަރާތެއްކަން ބުނެދިނުމެވެ. ﷲތަޢާލާއަކީ އަންދާދު ނުވަތަ ބުދުތަކާއި އަދި މުޝްރިކުން ޝިރުކު […]