[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރަފު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނުގެ ނޫރު ފަނޑުވުމެއް ނެތި އުޖާލާކަންމަތީ ދެމިގެންދާނޭކަމާއި ދުނިޔޭގެ ކަންކޮޅުތަކަށް އެ ނޫރު ފޯރާނެކަމުގެ ވަޢުދު ކީރިތި ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުގައި އައިސްފައިވެއެވެ. އާދެ، ދިވެހިރާއްޖޭގައިވެސް މި މަތިވެރި ދީނުގެ ޢިލްމު އެކި ޒަމާންތަކުގައި ޢަދުލުވެރި ޢިލްމުވެރިން ވަނީ އުފުއްލަވާފައެވެ. އަދި މިއަދާ ހަމައަށްވެސް އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމުގެ މައިގަނޑު އެއް ސަބަބަކީ ﷲ ގެ ރަޙްމަތްފުޅަށް ފަހުގައި ދީނުގެ ޢިލްމުވެރިން މި ދީނަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއެވެ. އަދި ދީނުގެ ޢިލްމު ފޯރުކޮށްދެއްވުމުގައި ދައްކަވާފައިވާ ޘާބިތުކަމެވެ.

ދަންނައެވެ. ﷲ ގެ ވާގިފުޅާއެކު މީގެ ކުރިން އެއްވެސް ޒަމާނެއްގައި ފެތުރިފައި ނުވާ މިންވަރަށް މިއަދު ދިވެހިރާއްޖޭގައި ދިވެހި ބަހުން ޝަރުޢީ ޢިލްމުތައް މިދަނީ ފެތުރެމުންނެވެ. ولله الحمد والمنة.

ފަހެ މި ވެބްސައިޓަކީ، ބިދުޢަވެރި ބާޠިލު ޢަޤީދާތަކެއް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ފެތުރިގެންދިއުމުގެ ކޮޅުމަތިފެނިފައިވާ ދުވަސްވަރެއްގައި، އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ޞައްޙަ ޢަޤީދާ ބަޔާންކޮށްދިނުމަށްޓަކާ ވުޖޫދަށް އައި ސައިޓެކެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތާއި ވާގިފުޅާއެކުގައި މި ވެބްސައިޓުގެ މަޢުލޫމާތު އެއްދުވަހަށް ވުރެ އަނެއްދުވަހު މިދަނީ އިތުރުވެ ތަނަވަސްވަމުންނެވެ. އަދި ކީރިތި ޤުރުއާނާއި ސުންނަތާއި ގުޅިފައިވާ އެންމެހާ ޢިލްމުތަކެއް އޭގެ އެންމެ ސާފު އާރުތަކުން، އިތުބާރު ހުރި މަޞްދަރުތަކުން ގެނެސްދިނުމުގެ މަތިވެރި މަސައްކަތްތައް ދަނީ ކުރިއަށެވެ.

ދުޢާއަކީ ތަޢާލާ އަޅުގަނޑުމެންގެ މި މަޤުޞަދާ އެއްގޮތަށް ސައިޓް ކުރިއަށް ގެންދިއުމުގެ ހެޔޮތައުފީޤު ދެއްވާށިއެވެ! އާމީން.

 

  • މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިޔާއަށް ހަވާލާދެއްވާށެވެ!

 

  • މި ވެބްސައިޓުގައިވާ އެއްވެސް ‘ކޮންޓެންޓެއް’ ހުއްދަ ނެތި ވިޔަފާރި އުޞޫލުން ބޭނުންކުރުމަކީ މަނާކަމެކެވެ.