އިޙްސާންކަން – ދަލާއިލުއް ތައުޙީދި 4

8– އިޙްސާންކަމަކީ ކޮބާ؟ ޖަވާބު: އެއީ ތިބާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެއިލާހު ނުފެނުނުކަމުގައިވިޔަސް އެއިލާހު ތިބާ ދެކެދެނެވޮޑިގެންވެއެވެ. މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅެވެ. “إِنَّ اللَّهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَ” – النحل: ١٢٨ މާނައީ: “ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތަޤުވާވެރިވި މީހުންނާއި އަދި އެމީހުންނީ އިޙްސާންތެރިންކަމުގައިވީ މީހުންނާ އެކުގައެވެ.” = ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ […]