ސިޔަރަތު ފިލާވަޅު 6
ޤުރައިޝުން ގެފުޅު އަލުން ބިނާކުރުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުމުރުފުޅުން 35 އަހަރުފުޅުގައި ޤުރައިޝުން ގެފުޅު އަލުން ބިނާކުރިއެވެ. މައްކާގެ ޙަރަމަށް ބޮޑު ސައިލެއް އަރައި ގެފުޅުގެ ފާރުތައް ބަލިކަށިވެ ވެއްޓެއް ކައިރިވެފައިވުމުން ޤުރައިޝުން އަލުން ގެފުޅު ބިނާކުރަން ނިންމީއެވެ. އެމީހުންގެ މެދުގައި ގެފުޅަށް ދެވިފައިވާ ޤަދަރެއްގެ ބޮޑުކަމުންނެވެ. އަދި ގެފުޅު ބިނާކުރުމަށްޓަކައި ޙަލާލް ގޮތުގައި ހޯދާފައިވާ މުދާ ފިޔަވައި އެހެން އެއްޗެއް ބޭނުން ނުކުރުމަށް އެމީހުން ނިންމިއެވެ. އެހެންކަމުން ހަށިވިއްކައިގެން ހޯދާފައިވާ ފައިސާއާއި ރިބާގެ…