ދަޢުވަތު ސިލްސިލާ: 02 (ތައުޙީދުގެ ކަލިމަ لا إله إلّا الله)

ދިސަލަފިއްޔާ “ދަޢުވަތު ސިލްސިލާ” ގެ ދެވަނަ ޢަދަދަށް މަރުޙަބާ ދަންނަވަމެވެ. މިޢަދަދުގައި އަލިއަޅުވާލެވިފައިވާނީ ތަޥްޙީދުގެ މަތިވެރިކަލިމަ “لا إله إلّا الله” ގެ މާނައިގެ ކުރުތަޢާރަފަކަށާއި، ރުކުންތަކަށާއި، ޝަރުޠުތަކަށެވެ.
އަޅުތަކުންގެ މައްޗަށްވާ، ﷲތަޢާލާގެ ޙައްޤުތައް

އަޅުތަކުންގެ މައްޗަށްވާ ﷲތަޢާލާގެ ޙައްޤަކީ، އެއިލާހަށް އަޅުކަންކުރުމާއި، އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ. އަދި ﷲތަޢާލާގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކު ނުކުރާ އަޅުންނަށް ޢަޛާބު ނުދެއްވުމެވެ.