ސުވަރުގެއާއި އެތާގެ އަހުލުވެރިންގެ ނިޢުމަތްތައް

ސުވަރުގެ ނުވަތަ ޖަންނަތުގެ މާނައަކީ ބަގީޗާއެވެ. ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންގަތް އަޅުންނަށްޓަކައި އެއިލާހު ތައްޔާރުކުރައްވާފައިވާ ދާއިމީ ގޯއްޗެކެވެ. ދުވަހަކުވެސް އިންސާނެއްގެ ލޮލުން ނުދެކޭ، ކަންފަތަށް ނީވޭ، އަދި ހިތަށްވެސް ނުގެނެވޭ ކަންތައްތަކެއް އެތަނުގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17) “ފަހެ އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ ލޮލަށް ފިނިކަން ދެނިވި ސުވަރުގޭގެ […]
އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (1)

ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުންދާ ހަލަބޮލިކަމާއި، ފިތުނަ ފަސާދައާއި ލޭއޮހޮރުމަށް ބަލާއިރު، މިދުވަސްކޮޅު ޚަބަރު ފަތުރާ ވަޞީލަތްތަކުގައި އެންމެ ގިނައިން ފެންނަމުންދާ ޚަބަރަކީ ސީރިޔާގައި ހިނގަމުންދާ ޤަތުލު ޢާއްމުގެކަބަރެވެ.