ޢަޤީދާގެ ފިލާވަޅު 17 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

އެހެނީ، ހަމަކަށަވަރުން އެއިލާހީ ކޮންމެކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އަދި އެންމެހާ ތަކެއްޗެއްވަނީ އެއިލާހަށް ބޭނުންތެރިވެގެންނެވެ. އަދި އެންމެހާ ކަންތައްތައް ވަނީ އެއިލާހަށް ލުއިފަސޭހަވެގެންނެވެ. އެއްވެސް އެއްޗަކަށް އެއިލާހު ބޭނުންތެރިވެވޮޑިގެންނުވެއެވެ.