އުޚްތުންގެ ސަމާލުކަމަށް

ލޮބުވެތި މުސްލިމް އުޚްތެވެ. ތިބާގެ ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންވާ ގޮތުގައި ލެހެއްޓެވުން އެދި އެއިލާހުގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މިހިރަ ކަންތައްތަކާމެދު ސަމާލުވާށެވެ. ކާމިޔާބީއަށްޓަކައެވެ. • ދީނުގެ ކަންތައްތަކަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. ދީނުގެ ކޮންމެ ކަމަކަށްވެސް ރައްކާތެރިވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ރައްކާތެރިވާށެވެ. ދީނަށް އަލަށް ވަންނަ ކަންތައްތަކަށް (ބިދުޢަތަކަށް) ސަމާލުކަން ދޭށެވެ. އެހެނީ ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. • ފަރްޟް ފަސްނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ. އެންމެ ނަމާދެއްވެސް ނާޅާށެވެ. ނަމާދު […]