ޝަޢުބާން މަހު ރޯދަހިފުމުގެ މަތިވެރިކަން

މިމަހުގައި ރޯދަހިފުމުގެ ޙުކުމާއި އަދި މާތްކަމުގެ މައްޗަށް އަދި މިމަހާއި ގުޅޭ އެހެނިހެން ކަންކަމުގެ މައްޗަށް މިލިޔުމުގައި ބަލައިލެވޭ ހުއްޓެވެ.
ޢިލްމުވެރިންނަށް އިޙްތިރާމްކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. އަޅުތަކުންނަށްވާ ބައްތިތަކަކީ ޢިލްމުވެރިންނެވެ. އަދި ރަށުގެ ފާހަގަތަކަކީވެސް އެއީއެވެ. އަދި އުންމަތް ނަގަހައްޓާބަޔަކީވެސް އެއީއެވެ. ސަލްމާން އަލްފާރިސީ رضي الله عنه ވިދާޅުވެއެވެ: “ކިޔަވައިދޭ މުޢައްލިމެއްގެ މިޘާލަކީ އަނދިރިމަގެއް އަލިކުރުމަށްޓަކައި ބައްތިއެއް ބެހެއްޓި މީހެއްގެ މިޘާލެވެ. އެއީ ހުރަސްކޮށްފައިދާމީހުން އޭގެ އަލިކަން ޙާޞިލުކުރުމަށްޓަކައެވެ.” ޢިލްމުވެރިންނަށް މާތްކޮށްހިތުން ހިމެނިގެންވަނީ ދީނަށާއި ޝަރީޢަތަށް މާތްކޮށް ހިތުމުގެ ތެރެއިންނެވެ. ފަހެ އެބޭކަލުންނަކީ ދަޢުވަތުގެ ޚަލީފާއިންނެވެ. ރަސޫލާ […]