عَطَاءِ بْنُ يَسَارِ رَحِمَهُ الله

އެކަލޭގެފާނަކީ އަބޫ މުހައްމަދު ޢަޠާއު ބިން ޔަސާރު އަލްމަދަނީ އަލްހިލާލީއެވެ. އެކަލޭގެފާނަކީ ކީރިތި މާތް ނަބިއްޔާގެ އަނބިކަނބަލުން މުއުމިނުތަކުންގެ މައިކަނބަލުން ކަމަށްވާ މައިމޫނާ ރަޟިޔަﷲ ޢަންހާ މިނިވަންކުރައްވާފައިވާ އަޅެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 19 ވަނަ އަހަރު ހިސާބުގައެވެ. އެކަލޭގެފާނުގެ އަޚުންގެ ތެރޭގައި ސުލައިމާން ބިން ޔަސާރު އަދި ޢަބްދުﷲ ބިން ޔަސާރު ހިމެނިވަޑައިގަނެއެވެ. އެކަލޭގެފާނަކީ ބޮޑެތި ތާބިއީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ވަރަށް ގިނަ ޞަޙާބީންގެ އަރިހުން ވަރަށް ގިނަ ޙަދީޘް ރިވާކުރެއްވިއެވެ. […]
ޢަޠާއު ރަޙިމަހުﷲއަށް ފެނިވަޑައިގެން އަޖައިބުކުރަނިވި ހުވަފެންފުޅު

ޢަޠާއު ބިން ޔަސާރު (ތާބިޢީންގެ އިސްބޭކަލެއް) އަދި ސުލައިމާން ބިން ޔަސާރު ޙައްޖަށް ދިޔުމަށްޓަކައި މަދީނާއިން ނިކުމެވަޑައިގަތެވެ. އެބޭކަލުންނާއި އެކީގައި އެހެންބޭކަލުންވެސް ބައިވެރިވަޑައިގަތެވެ. އަބްވާއާ އަރާހަމަވުމުން އެބޭކަލުން އެރަށުގައި ރޭގަނޑުވުމުން މަންޒިލުކުރައްވައިފިއެވެ. ސުލައިމާނާއި އަދި އެބޭފުޅާގެ އަރިސްބޭކަލުން ބޭނުމަކު އެބޭކަލުން މަންޒިލުކުރިތަނުން ދުރަށް ހިނގައްޖެއެވެ. ދެން ޢަޠާއު ރަޙިމަހުﷲ ނަމާދުކުރައްވަން ވެގެން ހުންނެވީއެވެ. އެހެން ހުންނަވަނިކޮށް ރަށްފުށު ހިސާބުގެ ރީތި އަންހެނަކު އެތަނަށް ވަދެއްޖެއެވެ. އެއަންހެނާ ވަތްކަން އެނގިގެން ބޭނުމަކު އައިމީހެއްހެން ހީވެގެން ޢަޠާއު ނަމާދު ކުރުކޮށްލައްވައި […]