ޞާލިޙު ޒުވާނެއްގެ އާދަޔާ ޚިލާފު ވާހަކަ
ނޯޓު: މިވާހަކައަކީ ވަރަށް އަސަރުގަދަ އިބުރަތުން ފުރިގެންވާ މިޒަމާނުގެ ޒުވާނުން އިބުރަތް ޙާޞިލުކުރަން ޖެހޭ ޙަޤީޤީ ޙާދިޘާއެކެވެ. މިވާހަކަ ކިޔައިދެއްވާފައިވަނީ ޝެއިޚު މުޙައްމަދު ޝަހުރާނީއެވެ. ޝެއިޚު ކިޔައިދެއްވިއެވެ. “.. އަހަރެން އެޒުވާނާ ދަންނަމެވެ. އެޒުވާނާއަކީ އަހަރެން ދަންނަ ޒުވާނެކެވެ. ނަމަވެސް އެއީ ބަނީ އިސްރާއިލުންގެ ތެރެއިންވާ ޒުވާނެކޭ އަހަރެން ނުބުނަމެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ އަހަރެމެންގެ މިފަސްގަނޑުގައި އުފަންވި އަހަރެމެންގެ ލޭހިނގާ އަހަރެމެންގެ ނަސްލުގެ ކުއްޖެކެވެ. ހުދު އަހަރެން އެޒުވާނާ ދަންނަމެވެ. ޢާންމު ގޮތެއްގައި އުޒުވާނާ އަބަދުވެސް […]