ކަށްވަޅުގެ ތިންސުވާލު – ތިން އަޞްލުގެ ޝަރަޙަ 3

ކަށްވަޅުގެ ތިންސުވާލު ކަށްވަޅުގެ ތިން ސުވާލާބެހޭ މަޢުލޫމާތުކޮޅެއް ޝަރަހާގައި މިގެނެސްދެނީ މި ރިސާލާ ބިނާކުރައްވާފައިވަނީ އެތިން ސުވާލުގެ ޖަވާބުގެ މައްޗަށް ކަމުގައިވާތީއެވެ. ކަށްވަޅުގެ ފިތުނަވެރިކަން، ކަށްވަޅުގެ ޢަޛާބާއި ނިޢުމަތް އަދި ދެމަލާއިކަތުންގެ ސުވާލުކުރެއްވުމަކީ އެކަންކަމާމެދު ސުންނަތްޖަމާޢަތުގެ އަހުލުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ކަންކަމެވެ. އެއީ ކީރިތި ޤުރުއާނުންނާއި މޫރިތި ސުންނަތުން އެކަންކަމުގެ ދަލީލު ސާބިތުވެގެންވާކަމަށްޓަކައެވެ. ކަށްވަޅުގައި ފިތުނަވެރިކަން (އިމްތިޙާންކުރެއްވުން) ކުރިމަތިލާންޖެހޭނެކަމުގެ ދަލީލަކަށް ޢިލްމުވެރިން ކީރިތި ޤުރުއާނުގެ މިލިޔާ އާޔަތް، ގެންނަވާފައިވެއެވެ. يُثَبِّتُ اللَّهُ الَّذِينَ آَمَنُوا بِالْقَوْلِ الثَّابِتِ فِي […]