އަޅުކަމާ ޝިރުކު މަސްހުނިކުރުން

މިދުނިޔޭގައި އިލާހީ ރިސާލަތު ފޯރުކޮށްދެވެން ފެށުނީއްސުރެ އަބަދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތެދުވެރިގޮތުގައި އީމާންވެ އެއިލާހުގެ މަގުގައި ފައިތިލަ ސާބިތުކޮށްފައިވާ މީސްކޮޅަކީ ދާދި މަދުބައެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެހީއާއި މަދަދު ލިބިވަޑައިގެންނެވި އެއިލާހު މުޢުޖިޒާތްތަކުގެ ޛަރީޢާއިން ބާރުދެއްވެވި ރަސޫލުންނާއި ނަބިއްޔުންވެސް އެބޭކަލުންގެ މުޅި ޙަޔާތްޕުޅު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީނަށް ގޮވާލެއްވުމުގައި ހޭދަކުރެއްވުމާއެކުވެސް އެބޭކަލުންގެ އެދަޢުވަތަށް އިޖާބަދީ ﷲގެ ދީނަށް ފުރިހަމައަށް ތަބަޢަވަނީ ވަރަށްވެސް މަދު ބައެކެވެ. މި އުންމަތަށް ޤީޔާމަތާ ޖެހެންދެން ފޮނުއްވުނު […]