ބިލާލު ބިން ރަބާޙް رضي الله عنه (1)

ޢުމަރުގެފާނު رضي الله عنه އަބޫބަކުރުގެފާނު رضي الله عنه އާ ބެހޭގޮތުން ވިދާޅުވިއެވެ.
ޣީބަ ބުނާއަޑު އިވިއްޖެނަމަ ކަންތައްކުރާނެ ގޮތް

ޣީބައަކީ ބޮޑު ފާފައެކެވެ. އެއީ މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. މުޖްތަމަޢުތަކުގެ ތެރޭގައި ފެތުރިފައިވާ އިޖްތިމާޢީ ބައްޔެވެ. އެތައްބަޔަކު އެބަލީގެ ޝިކާރައަކަށްވެފައިވާ، އެތައް ފިތުނަތަކަކަށް މަގުފަހިވާ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށްލާ ބައްޔެކެވެ. ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާގޮތުގައި ޣީބަ ބުނުމަކީ ޙަރާމް ކުރައްވާފައިވާ ކަމެކެވެ އަދި މިއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އިސްލާމްދީނުގައި ޣީބަބުނުން ނަހީކުރައްވައިފައި ވަނީ އެކަމުގެ ސަބަބުން އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ކެނޑި، އެކަކު އަނެކަކައި ދޭތެރޭ ވާ ރަޙްމާއި، ކުލުނާއި، ލޯތްބާއި އިޙްތިރާމް […]