ޢާޝޫރާ ދުވަހުގެ ރޯދަހިފުން

ޢާޝޫރާ ދުވަހަކީ ކޮން ދުވަހެއް؟ އެއީ ކޮންމެ އަހަރެއްގެ މުޙައްރަމްމަހުގެ ދިހަވަނަ ދުވަހެވެ އެދުވަހުގެ ރޯދަހިފަނީ ކީއްވެ؟ އެދުވަހުގައި ފިރުޢައުނާއި އޭނާގެ ޤައުމުގެ ކިބައިން ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ނަޖާކުރެއްވި ކަމުގެ މައްޗަށް ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. އެދުވަހުގެ ރޯދައިގެ މާތްކަން: އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދަހިފުމާ ބެހޭގޮތުން ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެވުނެވެ. ޙަދީޘްކުރެއްވިއެވެ. صِيَامُ يَوْمِ عَاشُورَاءَ […]
ފަތުވާ: ދޮގުހެކިދިނުމުން ރޯދައަށްކުރާ އަޘަރު

ދޮގުހެކިދިނުމަކީ ބޮޑެތިފާފަތުކުގެ ތެރެއިންވެސް ބޮޑުފާފައެކެވެ.